ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އާބަން ޑިވެލޮޕްމަންޓުގެ ބިލާއި ސްކޭމް ހުއްޓުވުމަށް ފުލުހުންނަށް އިތުރުބާރުތަކެއް ދިނުމަށް އެމްޑީޕީން ހުށައެޅި ބިލް މަޖިލީހަށް ބަލައިގަނެ ކަމާގުޅޭ ކޮމިޓީތަކަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް ހުށައެޅުއްވި އާބަން ޑިވެލޮޕްމަންޓުގެ ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ 61 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް 11 މެންބަރުން އަދި ވަކިގޮތަކަށް ވޯޓު ނުދެއްވާ 1 މެންބަރަކު އިންނެވިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމުން ބިލު ދިރާސާ ކުރުމަށް ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ އަދި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކަށް ވަނީ ފޮނުވާފައެވެ.
އޭގެއިތުރުން ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅި އިސްލާހުވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބަލައިގެންފިއެވެ.
މި އިސްލާހު މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު މަޖިލީހަށް ބަލައިގަތުމުން ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މި ދެބިލުގެ ބަހުސް މަރުޙަލާގައި މެންބަރުން ވަނީ ޖުމްލަ ގޮތެއްގައި މި ބިލުތަކަށް ތާޢީދު ކުރަށްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ބިލުތަކަށް ކޮމެޓީ މަރުޙަލާގައި ގެންނަންޖެހޭ ބައެއް އިސްލާޙުތައް މެންބަރުން ވަނީ ފާހަގަ ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު