ކޮވިޑް-19 ގެ ދުވަސްވަރު ޕީ.ސީ.އާރު ޓެސްޓް ހެދުމަށް އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް"، ހޯދުމުގައި އަމިއްލަ މަޞްލަޙަތު ހިމެނޭ ފަރާތަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގައި އައި.ޖީ.އެމް.އެޗްގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
އޭސީސީން މިއަދު ބުނީ އެކޮމިޝަނުން ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ފަރާތްތަކަކީ، ކޮވިޑް-19 ގެ ދުވަސްވަރުގައި އައި.ޖީ.އެމް.އެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއަރކަމާއި، މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރުކަން ކުރެއްވި ޑރ. ޢަލީ ޢަބްދުﷲ ލަޠީފާއި އައި.ޖީ.އެމް.އެޗްގެ ކުރީގެ ސީ.އީ.އޯ އިބްރާހީމް ސަލީމްގެ އިތުރުން އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ ޢަބްދުލްމުޙްސިންގެ މައްޗަށް ކަމަށެވެ.
“އެ ތިން މީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް ހުށަހެޅީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ.” އޭސީސީން މިއަދު ހާމަކޮށްފައިވެއެވެ.
އޭސީސީން ބުނީ މިމައްސަލައިގެ ތަހުޤީޤުން ހޯދި ހޯދުންތަކުން ޑރ. ޢަލީ ޢަބްދުﷲ ލަޠީފް އާއި އޭނާގެ މަސްލަޙަތު އޮންނަ އާރު.އެމް.އެލް.އެސް ލެބް ސަރވިސަސް އިން މަނީލޯންޑަރ ކޮށްފައިވާކަމަށްވެސް ތުހުމަތު ކުރެވޭ ކަމަށެވެ.
އެހެންކަމުން ވަކި މައްސަލައެއްގެ ގޮތުގައި ޑރ. ޢަލީ ޢަބްދުﷲ ލަޠީފް އާއި އާރު.އެމް.އެލް.އެސް ލެބް ސަރވިސަސްގެ މަނީލޯންޑަރިންގެ މައްސަލަ ތަހުޤީޤުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
ހަމައެއާއެކު ޑރ. ޢަލީ ޢަބްދުﷲ ލަޠީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުޤީޤުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހްޤީޤުކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވާފައިވާކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.
އޭގެއިތުރުން، ޑރ. ޢަލީ ޢަބްދުﷲ ލަޠީފާއި ޑރ. މިލްޒާ ޢަބްދުލްމުޙްސިންގެ މައްސަލަ މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެ ދެ ފަރާތާއިމެދު ފިޔަވަޅެއް އަޅުއްވަން ޖެހޭކަމުގައި ވާނަމަ އެ ފިޔަވަޅެއް އެޅުއްވުމަށްފަހު، އެކަން އެ ކޮމިޝަނަށް ހިއްސާކުރުމަށް އަންގާފައިވާ ކަމަށްވެސް އޭސީސީން މިއަދު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު