ބުޅާ މަސް އަޅާފައި ހުރި ކާނާ ވިއްކާ ފިހާރަތަކުގެ ލިސްޓް ކަމަށް ބުނެ ދައުރުކުރަމުންދާ ލިސްޓަކީ އަސްލެއް ނޫން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ފޭސްބުކް އާއި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މިއީ އެޑިޓެއްކޮށް، އިމިގްރޭޝަން ނަމުގައި ދައުރުކުރަމުންދާ ފޭކު ޕޯސްޓެއް" ކަމަށެވެ.

ދައުރުވަމުންދާ ލިސްޓުގައި 20 ފިހާރައެއްގެ ނަން ހިމަނާފައިވާއިރު އެ ލިސްޓުގެ މަތީގައި އިމިގްރޭޝަންގެ ނަމާއި ލޯގޯވެސް ފެންނަން ހުރެއެވެ. އޭގައި ބުނެފައިވަނީ އެއީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިން ކާތަކެތި ވިއްކާ ފިހާރަތައް ކަމަށެވެ. އަދި އެ ފިހާރަތަކުން ކެވިފައިވާނަމަ ޑޮކްޓަރަށް ދެއްކުމާއި ޑޮކްޓަރު ލަފާ މަތިން ކުރިއަށް ގެންދިއުމަށް އެ ލިސްޓު ލިޔެފައިވާ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ބުޅާ މަރައި އޭގެ މަސް ބޭނުންކޮށްގެން ކާބޯތަކެތި ވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިން (32އ) ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އިއްޔެ ހެނދުނު 10:36 ހާއިރު ސިފަ ބަދަލުކުރުމަށް ސެލޫނަކަށް ގޮސް ހުއްޓައި އެތަނުގެ ތެރެއިންނެވެ.

ރާއްޖޭގެ ބައެއް މީޑިޔާ ތަކުން ވަނީ އަރަފާތު ދިރިއުޅޭ އަދި އޭނާ ކާބޯތަކެތި ތައްޔާރު ކުރާ ތަނަށް ގޮސް ފޮޓޯ އާއި ވީޑިއޯތައް ނަގާފައެވެ. މީސްމީޑިޔާގައި އެތަނުގެ ފޮޓޯ އާއި ވީޑިއޯތައް ދައުރުވަމުންދާއިރު އަރަފާތު ދިރިއުޅެމުން ދިޔަ ގ. ރަނައުރާގެ އާގެ 8 ފޫޓާއި 10 ފޫޓުގެ ކޮޓަރިއަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާވަރުގެ ތަނެއް ނޫންކަން ފާހަގަ ކުރެވެއެވެ.

އަރަފާތު ވިޔަފާރީގެ ބޭނުމަށް ކައްކަމުން ވެސް ދިޔައީ އޭނާ ދިރިއުޅޭ ކުޑަ ކޮޓަރީގައި ކަމަށް ވާއިރު އެތަނުގައި އެކި ވައްތަރުގެ މަސްތައް ރައްކާކޮށްފައި ހުރި މަންޒަރު ފެނެއެވެ. އަދި ކެއްކުމަށް ބޭނުންކުރާ ސާމާނު ގިނަ އަދަދަކަށް ރައްކާކޮށްފައި ހުރިކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން