ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކޮޅުމަޑުލު ވޭމަންޑޫގައި ބަހައްޓާފައިވާ ޑިިސްޓްރިބިއުޝަން ފޮށިތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ވޭމަންޑޫގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ޑިިސްޓްރިބިއުޝަން ފޮށިތައް ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށާއި ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ޑިިސްޓްރިބިއުޝަން ފޮށިތައް ބަދަލުކުރުމަށްޓަކައި ބޭނުންވާ ކޮންކްރީޓް ބުޑުތައް އެޅުމުގެ މަސައްކަތްވެސް ކުރިޔަށް ދާ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ކަރަންޓާއި ފެނުގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާަ ފެނަކައިން ދަނީ ރައްޔިތުންނަށް ފަސޭހަވާނޭ ގޮތަށް މި ޚިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރަމުންކަން ފާހަގަ ކުރެވެއެވެ.

އެ ކުންފުނިން ވަނީ މި ހަފްތާ ތެރޭގައި މިލަދުންމަޑުލު އުތުރުބުރީ ފޭދޫގައި އަލަށް އާބާދުވާ ސަރަޙައްދުތަކަށް ޑިސްޓްރިބިއުޝަން ފޮށިތައް އިތުރުކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން