ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް
ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް
ޕްރޮސިކިއުޓާ ޖެނެރަލްގެ މަޤާމުން ހުސެއިން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އެމަނިކުފާނު ޙާޟިރުކުރި ބައްދަލުވުން ސިއްރު ކޮށްފިއެވެ.

މިއަދުގެ ބައްދަލުވުން ސިއްރު ކުރުމަށް ހުށައެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އަދި ކޮމިޓީގެ އަޣުލަބިއްޔަތުން ވަނީ އެ ހުށައެޅުން ފާސްކޮށްފައެވެ.

ޕީޖީ ޙާޟިރުކުރި ބައްދަލުވުން ސިއްރުކޮށްފައިވާއިރު އެ ބައްދަލުވުން ލައިވް ކޮށްދިނުމަށް ޕީޖީ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފައެވެ.

“ކޮމިޓީގެ މި ޖަލްސާ ސިއްރު ނުކޮށް، ޢާންމުންނަށް ހުޅުވާލައިގެން ބާއްވަވައި ދެއްވުމަށް ޕްރޮސިކުޓަރ ޖެނެރަލް އެދިވަޑައިގަންނަވައެވެ.” ޕީޖީ އޮފީހުން މިއަދު ނެރުނު ކުރު ބަޔާނުގައި ވެއެވެ.

ޕީޖީގެ މަޤާމުން ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ކޮވިޑްގެ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމުމާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކުގެ މައްސަލައިގައި އެންމެ ފަހުން ދައުވާ ނުކޮށް ފައިލްކުރުމާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވިކަމަށް ތުހުމަތު ކުރެވުނު ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރިކުރުން ހިމެނެ އެވެ.

ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ދައުވާކުރި ހިއުމަން ޓްރެފިކިންގެ މައްސަލަ އަނބުރާ ގެނައުމާއި ބަނގުރާ ބުއިމާ ބެހޭ 71 މައްސަލައެއް ޝަމީމުގެ ޕީޖީ ކަމުގައި ކޯޓުތަކުން އަނބުރާ ގެނެސްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި އިންސްޓަގްރާމުގައި ބަނގުރާ ފުޅިއެއް ޝަމީމް ޕޯސްޓް ކުރުމާއި އޭގެ އިތުރުން ޕީޖީގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށްވެސް ތުހުމަތުކޮށްފައި ވެއެވެ.

ޝަމީމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައިވާއިރު ޝަމީމް ޕީޖީގެ މަގާމަށް އައްޔަންކުރެއްވީ 8 ޑިސެމްބަރު 2019 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން