ރައީސް ޞާލިޙްގެ ސަރުކާރުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަ ޖައްސާލިކަމަށް މަތިވެރި ދާއިރާގެ މިހާރުގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޒަރީރު މިއަދު މިގޮތަށް ވިދާޅުވެފައިވާއިރު ޒަރީރަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރައީސް ޞާލިޙްގެ ފެކްޝަންގައި އިސްކޮށް މަސައްކަތް ކުރެއްވި މެންބަރެކެވެ.
އެހެން ނަމަވެސް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ޒަރީރު މިއަދު ވިދާޅުވީ މިދިޔަ ވެރިކަމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޖެއްސުންކޮށް ބައެއް ކުންފުނިތައް އިނދަ ޖައްސާލައިފާވާ ކަމަށެވެ. އަދި އެއީ ސަރުކާރުން ސީދާ ގޮތެއްގައި އެފަދަ ޢަމަލެއް ހިންގާފައިވާ ފުރަތަމަ ފަހަރު ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
“މިނިސްޓަރު ހިއްޕުޅާނުވާ ކުންފުންޏެއް ވިއްޔާ ހުރިހާ ޕޭމަންޓެއް ހިފެހެއްޓީ.” ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ ކުދި ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް މިދިޔަ ވެރިކަމުގައި ފައިސާ ދޫނުކުރުމުގެ ސަބަބުން އެ ކުންފުނިތައް ހިންގޭނެ ގޮތެއްނެތި އިނދަޖެހިގެންދިޔަ ކަމަށެވެ. ނަމަވެސް އެއްވެސް މަސައްކަތެއް ނުކުރާ ފަރާތްތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވާކަމަށް ޒަރީރު މިއަދު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ މިދިޔަ ސަރުކާރުގައި ކުރާ މަސައްކަތަށް ޕޭމަންޓު ދޫކުރަނީ ކޮމިޝަން ނެގުމަށްފަހު ކަމަށާއި ބައެއްފަހަރު މަސައްކަތުގެ ފައިދާއަށްވުރެ ބޮޑު އެއްޗެއް ކޮމިޝަންގެ ގޮތުގައި ދޭންޖެހޭ ކަމަށެވެ. އޭގެ އިތުރުން މިދިޔަ ވެރިކަމުގައި ބައެއް ކުންފުނިތަކުން ތިން ހަތަރު ގުނަ އަގުބޮޑުކޮށް ދަތުރުތަކަށް ބިލްކޮށްފައިވާކަން ޒަރީރު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު