ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން އަލްއުސްތާޛު ޙުސައިން ޝަމީމް ވަކިކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.

ޖުޑިޝަރީ ކޮމިޓީން އެގޮތަށް ފާސްކޮށްފައިވަނީ ޝަމީމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް މިއަދުގެ ކޮމެޓީ ބައްދަލުވުމަށް ޝަމީމް ހާޒިރުކޮށް ސުވާލު ކުރުމަށްފަހުއެވެ.

ޝަމީމް ވަކިކުރަން ނެގި ވޯޓުގައި އޭނާ ވަކިކުރަން އަށް މެންބަރުން ތާއީދު ކުރެއްވިއެވެ. އަދި ޝަމީމް ވަކިކުރުމާ ދެކޮޅަށް ވޯޓް ދެއްވީ ދެ މެންބަރުންނެވެ.

ސިއްރުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ޖުޑިޝަރީ ކޮމެޓީގެ މި ނިންމުމާއެކު މަޖިލީހުގެ މިދައުރު ނިމުމުގެ ކުރިން މަޖިލީހުގެ ތަޅުމުން ޝަމީމް ވަކިކުރުމަށް ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.

ޕީޖީގެ މަޤާމުން ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ކޮވިޑްގެ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމުމާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކުގެ މައްސަލައިގައި އެންމެ ފަހުން ދައުވާ ނުކޮށް ފައިލްކުރުމާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވިކަމަށް ތުހުމަތު ކުރެވުނު ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރިކުރުން ހިމެނެ އެވެ.

ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ދައުވާކުރި ހިއުމަން ޓްރެފިކިންގެ މައްސަލަ އަނބުރާ ގެނައުމާއި ބަނގުރާ ބުއިމާ ބެހޭ 71 މައްސަލައެއް ޝަމީމުގެ ޕީޖީ ކަމުގައި ކޯޓުތަކުން އަނބުރާ ގެނެސްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި އިންސްޓަގްރާމުގައި ބަނގުރާ ފުޅިއެއް ޝަމީމް ޕޯސްޓް ކުރުމާއި އޭގެ އިތުރުން ޕީޖީގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށްވެސް ތުހުމަތުކޮށްފައި ވެއެވެ.

ޝަމީމް މަޤާމުން ވަކިކުރަން ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފައިވާއިރު ޝަމީމް ޕީޖީގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 8 ޑިސެމްބަރު 2019 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން