ގަތަރު އެއާވޭސް ވެބްސައިޓުން ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތަކަށް ޓިކެޓު ބުކިން ކުރެވޭ ގޮތް ހަދައިފިއެވެ.
ގަރަތް އެއާވޭސް އާ މޯލްޑިވިއަން އާ ދެމެދު ކުރެވުނު އިންޓަލައިން ޕާޓްނަޝިޕްގެ ތެރެއިން މިހާރު ގަތަރު އެއާވޭސް ވެބްސައިޓުން ޓިކެޓް ނަންގަވާއިރު ގަތަރު އެއާވޭސްގެ ދަތުރަށާއި މޯލްޑިވިއަންގެ ދަތުރަށްވެސް އެއްފަހަރާ ޓިކެޓް ނެގޭނެއެވެ.
މި ހިދުމަތް ހޯދާ ގަތަރު އެއާވޭސްގެ ފަސިންޖަރުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް އާދެވުމުން ވަގުތުން މޯލްޑިވިއަން ފްލައިޓަށް ޗެކިން ކުރުމަށް ޑޮމެސްޓިކް ޓާމިނަލަށް މަގުދައްކައިދޭނެ އެވެ.
އަލަށް ތައާރަފް ކުރެވުނު މި ހިތުމަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ގަތަރު އެއާވޭސްގެ ޗީފް ކޮމާޝަލް އޮފިސަރު ތިއަރީ އެންޓިނޯރީ ވިދާޅުވީ، ގަތަރު އެއާވޭސްގެ ފަސިންޖަރުންނަށް ދަތުރުފަތުރުގެ އާ ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށްޓަކައި އެ އެއާލައިނުން ހިދުމަތްތައް ފުޅާކުރަމުންދާ ކަމަށެވެ. އެގޮތުން މޯލްޑިވިއަން އިންޓަރލައިން ޕާޓްނަޝިޕާއެކު، ގަތަރު އެއާލައިންގެ ފަސިންޖަރުންނަށް ފަސޭހަކާމާއެކު އެއް ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އާންމުކޮށް އިންޓަނޭޝަނަލް ދަތުރުކުރައްވާ ޕަސެންޖަރުން ޖެހެނީ ރާއްޖެ އައިސް އެމީހުން ބޭނުންވާ މަންޒިލަކަށް ދަތުރުކުރުމަށް ޑޮމެސްޓިކުން ވަކިން ޓިކެޓް ނަގާށެވެ. ނަމަވެސް މި ހިދުމަތާއެކު އެއް ވެބްސައިޓަކުން އެއް ބުކިންއެއްގެ ދަށުން ދެ އެއާލައިނަށްވެސް ޓިކެޓް ނެގޭ ގޮތް ފަހިވެގެން ދާނެއެވެ.
މޯލްޑިވިއަންގެ ޗީފް ކޮމާޝަލް އޮފިސަރު އިސްމާއީލް އަމްރާހް އުމަރު ވިދާޅުވީ ގަތަރު އެއާވޭސްއާއެކު އިންޓަރލައިން ޕާޓްނަޝިޕް އިއުލާން ކުރެވުމުން ވަރަށް އުފާކުރައްވާ ކަމަށާއި، މިއާއެކު ހިދުމަތް ހޯއްދަވާ ފަރާތްތަކަށް މޯލްޑިވިއަނުން ރާއްޖޭގެ 16 މަންޒިލަކަށް ބުކިން ހެއްދޭނެ ކަމަށެވެ. އަދި އެ ނެޓްވޯކްގެ ތެރޭގައި ދަތުރުކުރާއިރު އިންޓަނޭޝަނަލް ބެގޭޖް އެލަވަންސްއާ އެކު ޕަސިންޖަރުންނަށް ދަތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ކަނެކްޓިވިޓީ ކުރިއަރުވާ އާ ނިޒާމާއެކު ދަތުރުވެރިންނަށް މިހާރު މޯލްޑިވިއަނުން ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެއެވެ. އޭގެ ތެރޭގައި ދަރަވަންދޫ، ފަރެސްމާތޮޑާ، ފުނަދޫ، ފުވައްމުލަކު، ގަން، ހަނިމާދޫ، އިފުރު، ކާޑެއްދޫ، ކައްދޫ، ކޫއްޑޫ، މާފަރު، މާވަޅު، މަޑިވަޅު، އަދި ތިމަރަފުށި ހިމެނެއެވެ.
މޯލްޑިވިއަނުން ރާއްޖެއިން ބޭރު ތިން މަންޒިލަކަށް ދަތުރު ކުރެއެވެ. އެގޮތުން ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާ އަށް ކޮންމެ ހަފްތާއަކު މޯލްޑިވިއަނުން ދަތުރު އަޅައެވެ. އެ އެއާލައިންގެ ފްލީޓުގައި ސީޕްލޭންތަކާއި ވީލްބޭސް މަތިންދާބޯޓުތައް ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު