ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި 2 ޖަލްސާއެއް ބާއްވަން މަޖިީހުން ނިންމައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ޙުސައިން ޝަމީމްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި އޮތް މައްސަލައިގައި މިރޭ ވަނީ ވޯޓަށް އަހާފައެވެ. އެ ވޯޓުން ޝަމީމްގެ އިތުބާރު ނެތްކަމަށް ވަނީ ފާސްވެފައެވެ. ނަަމަވެސް, ޝަމީމް ވަނީ އެ ޖަަލްސާ ކުރިއަށް ދަނިކޮށް އިސްތިއުފާ ދެއްވާފައެވެ.

މިރޭ ކުރިއަށްދިޔަ ވޯޓަށްފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް ނާޒިމް ވިދާޅުވީ, ޕީޖީގެ މަގާމު ހުސްވުމާއި ގުޅިގެން އެ މަގާމަށް މީހަކު އައްޔަނު ކުރުމަށް ގާނޫނުގަައި ބުނާ އިޖުރާއަތްތައް ފެށޭކަމަށެވެ. އެގޮތުން ގާނޫނުގައި ބުނަނީ 30 ދުވަހުގެ މުއްދަތުގައި އެ މަގާމަށް މީހަކު އައްޔަނު ކުރަން ޖެހޭނެކަމަށް ކަމަށާއި އެހެންކަމުން, މާދަމާ މަޖިލިސް ރިސެސްއަށް ދާއިރު ގާނޫނުގައި ބުނާ މުއްދަތަށް މީހަކު އައްޔަނު ކުރެވޭނީ ދައުރުން ބޭރުގައި ދެ ބައްދަލުވުމެއް ބާއްވައިގެން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ, ޕީޖީގެ މަގާމަށް މީހަކު އައްޔަނު ކުރުމަށް ރައީސް މަޖިލީހަށް ނަންމެއް ފޮނުއްވުމުން އެ ނަން ހުށަހެޅުމަށް ޖަލްސާއެއް ބާއްވަން ޖެހޭނެކަމަށާއި އަދި ކޮމެޓީ މަރުހަލާ ނިމި ގޮތެއް ނިންމުމަށް ވެސް ޖަލްސާއެއް ބާއްވަން ޖެހޭނެކަމަށެވެ.

ޕީޖީގެ މަގާމު ހުސްވެފައިވާއިރު އެ މަގާމަށް އައްޔަނު ކުރުމަށް ރައިސް ހުށަހަޅުއްވާ ފަރާތެއް އަދި މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން