ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރު) ގައި ބަލި މީހެއްގެ އެހީތެރިއަކު ޑޮކްޓަރަކަށް ހަމަލާ ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި ބަލި މީހާގެ އެހީތެރިޔާ ހަމަލާދިނީ ޑޮކްޓަރު ބަލި މީހާގެ ހާލަތު ކިޔައިދޭން ހުރެފައި ފޯނެއް ނެގުމުން އައި ރުޅީގަ އެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ އިރު ކޭއެޗްއާރުން ރޭ ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއްވެސް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނީ ބަލި މީހާގެ އެހީތެރިޔާ ދިން ހަމަލާއަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ޑޮކްޓަރަކަށް ގެއްލުން ލިބޭނެ ފަދަ އަމަލެއް ކަމަށެވެ.

ހަމަ އެހެންމެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެކަންކަން ހޮސްޕިޓަލުން ނުހަނު ގާތުން ބަލައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.

އަދި ސިއްހީ ހިދުމަތްތަކުގެ ކަރާމާތަށް އުނިކަން އަންނާނެ އެންމެހާ ކަންކަން ނުކުރުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަހުމަދު

26-Aug-2024

މާދަމާ ހުންނާނީ ދޫކޮށް ލާފައި



ޓްރެންޑިން