ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ޙުސައިން ޝަމީމް އެ މަގާމުން ވަކިކުރުމަށް ރޭ ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓުގައި އޭނާ ވަކިކުރަން ވޯޓު ނުދިން އެމްޑީޕީގެ މެންބަރުންނަށް އުންމަތް މަލާމާތް ކުރާނެކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް (މުސްތޮ) ވިދާޅުވެއްޖެއެވެ.

ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓާއި ހަމައަށް ގޮސްފައިވަނިކޮށް އޭނާވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް މަޖިލީހަށް އޭނާގެ އިސްތިއުފާގެ ސިޓީ ނުލިބޭކަމަށް ބުނެ ރޭ ވަނީ އިތުބާރުނެތްކަމަށް ފާސްކޮށްފައެވެ.

އެ ވޯޓުގައި އޭނާ ވަކިކުރުމަށް އެމްޑީޕީގެ މެންބަރުން ވޯޓު ދީފައިނުވާތީ ފޭސްބޫކްގައި މުސްތޮ މިއަދު ވިދާޅުވީ, ޝަމީމަކީ އިސްލާމް ދީނަށް ފުރައްސާރަކޮށް ރާއްޖޭގައި ކުރިން ހިންގި ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެންއިން ލިޔުނު ރިޕޯޓްގެ ބައިވެރިއެއް ކަމަށާއި އޭނާއަކީ އެތައް ޒުވާނުންނަކަށް ނުހައްގުން ދައުވާކޮށް, ޒުވާން ޖީލެއް "ފުނޑާލި" މީހެއް ކަމަށެވެ.

އަދި އޭނާއަކީ ޚާއިނުންގެ ވާގިވެރިއެއްކަމަށާއި އެފަދަ މީހަކު މަގާމުން ވަކިކުރަން ނެގުނު ވޯޓުގައި ބައިވެރިނުވި އެމްޑީޕީގެ މެންބަރުންނަށް އުންމަތް މަލާމާތް ކުރާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އެމްޑީޕީގެ މެންބަރުން ޕީޖީ ކަމުން ވަކިކުރަން ވޯޓް ނުދިނުމަކީ ދިވެހި އުންމަތް އެކުއެކީ އެ ބޭފުޅުންނަށް މަލާމަތް ކުރާނެ ކަމެއް. ވަކިކުރެވުނު ޕީޖީއަކީ ޒުވާން ޖީލެއް ފުނޑާޅި މީހެއް. އެއީ ގައުމުގެ އެންމެ ބޮޑު ޚާއިނުގެ ވާގިވެރިއެއް. އެއީ اللهއަށް ހަޖޫހަޖާ ލިޔުނު ރިޕޯޓްގެ ބައިވެރިއެއް." މުސްތޮ ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އިއްބެ

26-Aug-2024

ވޯޓުނުދިނުމައްވުރެ ބޮޑައް އުއްމަތްމަލާމަތްކުރަނީ އިސްލާމްދީންމަނާކުރާ ބޮޑެތިދޮގުފައުޅުގައިހެދުމުން


-1

ފަލަސްތީން

26-Aug-2024

އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމުގެ ނަމުގާ ދޮގުހަދާ އޮޅުވާލި އެންމެންނަށްވެސް.



ޓްރެންޑިން