މިފްކޯއިން 1999 އިން ފެށިގެން މާލެއަތޮޅު ކަނޑުއޮތްގިރީގައި ހިންގަމުންދިޔަ މަސް ކާރުޚާނާ ހުޅުމާލެއަށް ބަދަލުކުރަން ބޭނުންވާ ބިން ލިބެންދެން އެތަނުގައި ކުރި މަސައްކަތްތައް ފާދިއްޕޮޅު ފެލިވަރަށް ބަދަލުކުރަން ނިންމައިފިއެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނޑުއޮތްގިރީގައި ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުނީ އެ ރަށުގެ ބަދަލުގައި ހުޅުމާލެއިން ބިމެއް ދިނުމަށް މި ހިނގާ އޯގަސްޓް 4، ގައި ކެބިނެޓުން ނިންމުމުން ކަމަށެވެ.

ކަނޑުއޮތްގިރިއަކީ މިފްކޯގެ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބު ކަމަށް އެކުންފުނިން ބުނެއެވެ.

މިފްކޯ އިން ބުނީ ޑިމާންޑު ބޮޑުވުމާއެކު، މި ޕްރޮޑަކްޓުތައް އުފެއްދުމުގެ މަސައްކަތް ފެލިވަރުގައި ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށް ވަގުތުތަކެއް ނަގާނެކަމަށެވެ. މިފްކޯ އިން ބުނީ ކުއްލިއަކަށް ޕްރޮޑަކްޝަން ބަދަލުކުރުމަކީ އެކުންފުންޏަށް އޮތް ވަރަށް ބޮޑުގޮންޖެހުމެއް ކަމަށެވެ. އެހެން ނަމަވެސް ހުޅުމާލެއިން ރަނގަޅު ތަނެއް ހަމަޖެހެންދެން މިވަގުތަށް ފެލިވަރަށް އެމަސައްކަތްތަށް ބަދަލުކުރަންޖެހޭ ކަމަށް އެކުންފުނިން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން