ޝާނާ މުޙައްމަދު ޖުނައިދު
ޝާނާ މުޙައްމަދު ޖުނައިދު
މީހަކަށް ވަޅިން ބިރު ދައްކައި ފޭރުނު އަންހެންމީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ގދ. ވާދޫ، ބުރުނިއާގެ އުމުރުން 26 އަހަރުގެ ޝާނާ މުޙައްމަދު ޖުނައިދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ޙާޟިރު ކުރުމުން އޭނާވަނީ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރުނު މައްސަލައިގައި 10 ދުވަހުގެ ބަންދު މުއްދަތު ޖަހާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ.

އެގޮތުން ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެއްކާއި ގަރީނާ ހުށަހަޅާފައިވާކަމަށް އަމުރުގައިވެއެވެ.

ހަމައެއާއެކު ފޭރުނުކަމަށް ބުނާ ފޯނު އެހެން މީހަކު އައިސް ފޯނުގެ ވެރިފަރާތަށް ހަވާލުކޮށްފައިވާކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ބުނެފައިވާ ކަމަށް އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން