ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫން ހިންގަމުން ދިޔަ މަޝްއޫރު ރިޒް އިމިގްރޭޝަނުން ޑީޕޯޓް ކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ފަރާތެއް ކަމަށްވާ "ރަޖަނީ ޝްރެސްތާ" އާންމު ނަމުންނަމަ ރިޒް އާއި ގުޅޭގޮތުން އެ އިދާރާއަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
2024 އޮގަސްޓު 11 ވަނަ ދުވަހު އިމިގްރޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރިޒް ހައްޔަރުކޮށްފައިވާއިރު އޭނާ އަކީ ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިއަ މީހެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ ރިޒް ހައްޔަރު ކުރި އިރު އޭނާ އާއެކު މަސައްކަތް ކުރަމުން ދިޔަ އިތުރު ހަތަރު ބިދޭސީ މުވައްޒަފުންގެވެސް ސައްހަ ވިސާއެއް ނެތް ކަމަށެވެ. އަދި އޮގަސްޓު 13 ވަނަ ދުވަހު މީނާ ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއިން ޑީޕޯޓްކޮށްލި ރިޒް އަކީ ސްރީލަންކާއަށް ނިސްބަތްވާ މީހެކެވެ. ރާއްޖެ އައުމުގެ ކުރިން އޭނާ ވަނީ ސްރީ ލަންކާގެ ރީތީގެ ރާނީ ޕެޖެންޓުގައި ވާދަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު