މާލޭ އާސަހަރާ މިސްކިތް ބޮޑުކޮށް ސެޕްޓެމްބަރަށް ހުަޅުވުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ.

މާލެ ސިޓީ ކައުންސިލުން އާސަހަރާ މިސްކިތް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ކައުންސިލުން ބުނީ މިސްކިތް ނިމޭއިރު މިސްކިތް 3،200 އަކަފޫޓަށް ބޮޑުކުރެވޭނެ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހަށް މުޅި މަސައްކަތް ނިންމައިލެވޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މި މަސައްކަތާ ކުރިޔަށް ދާގޮތާ ބެހޭގޮތް ހާމަކުރެއްވުމަށް މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ މަސައްކަތް ނިމިގެން ދާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވުޟޫކުރާ ބަޔަކާއެކު ޚާއްޞަ ފާޚާނާއަކާއި، އަންހެނުން ވުޟޫކުރާ ބަޔަކާއެކު ޚާއްޞަ ފާޚާނާއެއް ހުންނާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ މި މަސައްކަތް ނިމޭއިރު ޖަނާޒާތަކަށް އަންނަ މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ޚާއްޞަ ސަރަހައްދެއް ވެސް މިސްކިތުގައި ތަރައްގީ ކުރެވޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ބަންދުކޮށްފައި ހުންނަ އާސަހަރާ މިސްކިތް މަރާމާތުކޮށް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައި މި ވަނީ ތިން ކޮންޓްރެކްޓަރުންނަށް އެ މަޝްރޫއުއާ ހަވާލުވުމަށް ފަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން