100 އަހަރާއި ނުބައްދަލު ދަރަނި އެމްޑީޕީގެ ސަރުކާރުގައި ނެގި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް ޢިސްމާޢީލް، ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކުރެއްވުމާ ގުޅިގެންނެވެ. އެގޮތުން ވަޒީރު ވިދާޅުވީ 100 އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް ދިވެހި ޤައުމުގެ އިޤްތިޞާދު ވައްޓައިލި ފަސް އަހަރުގެ ތެރޭގައި މިނިސްޓަރުކަމުގައި ހުނެނެވި ބޭފުޅަކު އެގޮތަށް ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް ކަމަށެވެ.

އެމްޑީޕީން ވަނީ މުޅިނިޒާމު އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓާލާފައި ކަމަށް ވަޒީރު ސަޢީދުވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ސަރުކާރުން އިއުލާންކުރައްވާފައިވާ ކަމަށެވެ. އެގޮތުން ޚަރަދު ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވުޒާރާތަކުގެ ހިންގުމާއި މަސައްކަތްތަކަށް ސަރުކާރުންދަނީ ބަދަލުތައް ގެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން