ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދިޔަމިގިލީ ކައުންސިލްއާ އެކު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދިޔަމިގިލީ ކައުންސިލްއާ އެކު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާގެ ތިޖޫރީން ހަ ލައްކަ ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވެއްޖެއެވެ.

މިމަހުގެ 19 ވަނަ ދުވަހު އޮޑިޓަރ ޖެނެރަލް، ހުސައިން ނިޔާޒު ނެރުއްވި ރިޕޯޓްގައި ބުނެފައިވަނީ ދިޔަމިގިލީ ކައުންސިލްގެ 2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އެކައުންސިލްގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާ ހުރިތޯ ބެލުމަށް ޗެކް ކުރިއިރު، ހުންނަން ޖެހޭ ވަރަށް ފައިސާ ނެތްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކައުންސިލްގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާގެ ތެރެއިން 605،438 ރުފިޔާ އަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ 2020 ވަނަ އަހަރު ފެށުނުއިރު 2 މިލިއަނަށްވުރެ ގިނަ ރުފިޔާ، ނަގުދު ފައިސާގެ ގޮތުގައި ކައުންސިލްގެ އިދާރާގައި ރޯލްކޮށްފައިވާ ކަން ފާހަގަކޮށްފައެެވެ. އޭގެ ތެރޭގައި 2020 ވަނަ އަހަރުގެ ފެށުނުއިރު ހުރި 468،004 ރުފިޔާ އާއި ކައުންސިލަށް ނަގުދު ފައިސާގެ ގޮތުގައި ބަލައިގެންފައިވާ 397،052 އާއި ބޭންކް އެކައުންޓްތަކުން ނަގާފައިވާ 1.9 މިލިއަން ރުފިޔާ ހިމެނޭކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މީގެ ތެރެއިން 455،174 ރުފިޔާ ކައުންސިލްގެ އެކައުންޓަށް އަނބުރާ ޖަމާކޮށްފައެވެ. އެކައުންސިލުން ޚަރަދުކޮށްފައިވަނީ 1.7 މިލިއަން ރުފިޔާ ކަމަށް ބުނި ނަމަވެސް ޚަރަދުކޮށްފައިވަނީ 1.4 މިލިއަން ރުފިޔާކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި އެހެންކަމުން އެބައި އުނިކުރުމަށްފަހު އޮކްޓޯބަރު މަހާއި ހަމައަށް ތިޖޫރީގައި ހުންނަޖެހޭ 605،438 ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެރަށު ކައުންސިލްގެ ތިޖޫރީން އެއަދަދު ގެއްލިފައިވާތީ، އެ މައްސަލަ ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ވެސް ވަނީ އޮޑިޓް ރިޕޯޓްގައި ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން