މެންބަރުން ހަމަ ނުވާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލަން ނިންމައިފިއެވެ.

މެންބަރުން ހަމަ ނުވެގެން ދެެފަހަރު މުހުލަތެއް ދިނުމަށް އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ މޭ މަހުގަ އެވެ.

ނަމަވެސް އެ މައްސަލައިގައި އެމްއާރުއެމުން ކޯޓަށް ދިއުމުން މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ވަނީ އެ ޕާޓީ އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިފަ އެވެ.

ނަމަވެސް އޭގެ ފަހުން ވެސް ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ ޢަދަދަށް 3000 މެންބަރުން ހަމަވެފައިނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު މެންދުރު ވަނީ ހާމަކޮށްފަ އެވެ.

އެމްއާރުއެމް އުވާލަން ދެވަނަ ފަހަރަށް ނިންމިއިރު އެކަމާ ގުޅޭ ގޮތުން ރައީސް މައުމޫން ވެސް އަދި އެޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން ވެސް އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

އެ ޕާޓީން ސިޔާސީ ގޮތުން ހަރަކާތެއް ނުބާއްވާތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން