މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އޮފީސް ހިންގަމުންދިޔަ އިމާރާތުން ވައްކަންކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، އޮލިމްޕިކް ކޮމެޓީގެ އޮފީސް ހުންނަ އިމާރާތުގެ ދެވަނަ ފަންގިފިލައިން ވައްކަން ކޮށްފައިވާކަމުގެ މައްސަލައެއް މި މަހުގެ 21 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި އެ ރިޕޯޓު ލިބުމާއިއެކު ތަކެތި ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށާއި ފުލުހުންގެ މަސައްކަތުން އެތަކެތި މިހާރު ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި މެޑަލް އަދި ޓޯކެން އަދި އެ ނޫންވެސް ބައެއް ތަކެތި ހިމެނޭ ކަމަށެވެ.

މި މައްސަލާގައި މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން