މާލޭގެ ނޯތު ހާބަރުން ވަގަށް ނެގި ބައިލައްކަ ރުފިޔާގެ ރިހާކުރު, ފުލުހުން ހޯދައިފިއެވެެ.

ފުލުހުން ބުނީ ނޯތު ހާބަރުގައި އޮތް ބޯޓަކުން ރިހާކުރު ޓައްޕުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކުރީ ހުކުރު ދުވަހު ކަމަށެވެ.

މިމައްސަލައާ ގުޅިގެން އެތަކެތި ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި ދެނެގަނެ ފުލުހުން ކުރި މަސައްކަތުން ރިހާކުރު ޓައްޕުތައް ހޯދާފައި ވާ ކަމަށް ފުލުހުން ބުނެއެެވެ.

މިތަކެތި ހޯދާފައި ވަނީ މީހަކަށް ވިއްކާލައި ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށާއި ރިހާކުރު ޓައްޕުތަކުގެ އަގު ބައިލައްކަ ރުފިޔާއަށް އަރާ ކަމަށް ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މައްސަލަ ފުލުހުން ގެންދަނީ ތަހްގީގުކުރަމުން ކަމަށް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން