މި ސަރުކާރުގެ ދެ މިނިސްޓްރީ އަކުން 237 މިލިއަން ރުފިޔާގެ ޚިޔާނާތް ހިންގައިފި ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިފަަދައިން ވިދާޅުވެފައި ވަނީ ކޯވިޑް-19 އާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ޚަރަދުކުރި ގޮތް ދިރާސާކުރުމަށްފަހު، ޓުއަރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓު އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުއްވުމާ ގުޅިގެން ކުރެއްވި ޓުވީޓެކެވެ.
ޣައްސާން ވިދާޅުވީ ޓުއަރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓަށް ބަލާއިރު 237 މިލިއަން ރުފިޔާގެ ޚިޔާނާތް ހިންގާފައިވާކަން އެނގޭ ކަމުގައެވެ. އަދި މިވަރުގެ ޚިޔާނާތެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކުއްލި ސިހުން ގެނުވި ކަމެއް ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ.
އަދި ކޮރަޕްޝަނާ ދެކޮޅަށް ޢަމަލީ ގޮތުން އެއްވެސް ކަމެއް ކުރުމަކާ ނުލައި، ހަމައެކަނި އަނގައިން ވާހަކަދެއްކުމުން ނުފުދޭ ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ. ޣައްސާން އިތުރަށް ވިދާޅުވީ މިއީ ރައްޔިތުންނަށް ޙައްޤުވާ މިންވަރު ނޫން ކަމަށާއި، މިފަދަ ކާރިސާގެ ވަގުތެއްގައި ދިވެހި ރައްޔިތުންނަށް މިއަށްވުރެ ހެޔޮ ރަނގަޅު ގޮތް ޙައްޤުވާ ކަމުގައެވެ.
ކޯވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވާގޮތުން ހެލްތު މިނިސްޓްރީން ވަނީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފައެވެ. އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތާ ގުޅޭ ގިނަ މައްސަލަތަކެއް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.
މި ރިޕޯޓުގައި ބުނާ ގޮތުން ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ހަމަޖައްސާފައިވާ ކުންފުންޏެއް ނޫނެވެ. ވެންޓިލޭޓަރުގެ އިތުރުން މެޑިކަލް ސާމާނު ގެނައުމުގައި ވެސް އެތައް މިލިއަން ރުފިޔާއެއް މާލިއްޔަތު ގަވާއިދާ ޚިލާފަށް ޚަރަދު ކުރުމާއި ޚަރަދުކުރި ފައިސާ އަށް މުދާ ލިބުނު ކަން ކަށަވަރުނުވާ މައްސަލަ އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

Misappropriation of 237 million as revealed by @MoTmv and @MoHmv audits: Shocking and unacceptable! The people deserve better, especially in a time of crisis. Mere lip service about corruption will not suffice. #SelectiveJustice #Accountability #Transparency
— Mohamed Ghassan Maumoon (@mgmaumoon) August 18, 2020
އަދި ކޮރަޕްޝަނާ ދެކޮޅަށް ޢަމަލީ ގޮތުން އެއްވެސް ކަމެއް ކުރުމަކާ ނުލައި، ހަމައެކަނި އަނގައިން ވާހަކަދެއްކުމުން ނުފުދޭ ކަމުގައިވެސް ޣައްސާން ވިދާޅުވިއެވެ. ޣައްސާން އިތުރަށް ވިދާޅުވީ މިއީ ރައްޔިތުންނަށް ޙައްޤުވާ މިންވަރު ނޫން ކަމަށާއި، މިފަދަ ކާރިސާގެ ވަގުތެއްގައި ދިވެހި ރައްޔިތުންނަށް މިއަށްވުރެ ހެޔޮ ރަނގަޅު ގޮތް ޙައްޤުވާ ކަމުގައެވެ.
ކޯވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވާގޮތުން ހެލްތު މިނިސްޓްރީން ވަނީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފައެވެ. އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތާ ގުޅޭ ގިނަ މައްސަލަތަކެއް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.
މި ރިޕޯޓުގައި ބުނާ ގޮތުން ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ހަމަޖައްސާފައިވާ ކުންފުންޏެއް ނޫނެވެ. ވެންޓިލޭޓަރުގެ އިތުރުން މެޑިކަލް ސާމާނު ގެނައުމުގައި ވެސް އެތައް މިލިއަން ރުފިޔާއެއް މާލިއްޔަތު ގަވާއިދާ ޚިލާފަށް ޚަރަދު ކުރުމާއި ޚަރަދުކުރި ފައިސާ އަށް މުދާ ލިބުނު ކަން ކަށަވަރުނުވާ މައްސަލަ އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު