ޕާކިސްތާންގެ ބޮޑު ޔުނިވަރސިޓީއެއް ކަމަށްވާ ބީކަން ހައުސް ނެޝަނަލް ޔުނިވަސިޓީ އިން ދިވެހިންނަށް 2 ސްކޮލަޝިޕަކަށް ހުޅުވާލައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބީކަން ހައުސް ނެޝަނަލް ޔުނިވަސިޓީން ލިބިފައިވާ ބެޗްލާސް ޑިގްރީ އަށް ކިޔެވުމުގެ ދެ ފުރުސަތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ކޯހުގެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އޮނާސް އިންޓަޑިސިޕިލިނަރީ އެސްކްޕެންޑެޑް ޑިޒައިން އެންޑް އާޓްސް އާއި ބީއެފްއޭ ވިޜުއަލް އާޓްސް އަދި ބީޑެސް ވިޜުއަލް ކޮމިއުނިކޭޝަން ޑިޒައިން އާއި ބީޑެސް ޓެކްސްޓައިލް، ފެޝަން އެންޑް އެކްސަސަރީ ޑިޒައިން ވިތު ސްޕެޝަލައިޒޭޝަނެވެ.
މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ އޯ ލެވެލް ނުވަތަ އައިޖީސީއެސްސީ ނުވަތަ އެސްއެސްސީ އިމްތިޙާނުގެ ފަސް މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމާއި އޭ ލެވެލްގައި ތިން މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމެވެ.
ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 1:30 އެވެ. މި ސްކޮލަޝިޕްތަކާ ގުޅޭ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުންނާއި 1474 ނަންބަރު ފޯނުން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު