ޕީޕީއެމްގެ ފަރާތުން ބޭއްވި އެއްވުމެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މީޑިއާ)
ޕީޕީއެމްގެ ފަރާތުން ބޭއްވި އެއްވުމެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މީޑިއާ)
ލޯކަލް ކައުންސިލް އިންތިހާބުގައި ށ. ޅައިމަގު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވި ޕީޕީއެމްގެ ކެނޑިޑޭޓް، އަބްދުﷲ ޝަނޫނު ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްއާއި، އެމްޑީޕީގެ އިތުރު ކެނޑިޑޭޓުންތަކެއް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ށ. ޅައިމަގު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވި ޕީޕީއެމްގެ ކެނޑިޑޭޓް، އަބްދުﷲ ޝަނޫނު، ހަވީރީނާޒް އާއި ހދ. މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލި، ޕީޕީއެމްގެ ސައިފާނާ އަހުމަދު (ސައި)، ކަނދުގަސްދޮށުގެ ވެސް ވަނީ އަނބުރާ ނަން ގެންގޮސްފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ފަރާތުން މ. މުލީ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށް ކުރިމަތިލި ރަހުމާ ޙުސައިންފުޅު، ޗަބޭލީގެ އާއި ގއ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލި ޅ. ނައިފަރު މަރްޔަމް ނުޝްރާ މުޙައްމަދު (ނުސް)، އަތިރީއާގެ ވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މި ކެނޑިޑޭޓުންނަށް ފޮނުވަން ޖެހޭ ރަސްމީ ލިޔުންތައް އެ ކެނޑިޑޭޓުންނަށް ފޮނުވާނެ ކަމަށެވެ. މިހާތަނަށް އައިއިރު ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ގިނަ ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި ޕީޕީއެމް އާއި، އެމްޑީޕީގެ ކެނޑިޑޭޓުންވެސް ހިމެނެއެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުމާއި ގުޅިގެން މިއަހަރު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކޮށްފައިވާއިރު، މި ދެ އިންތިހާބު ބޭއްވުމަށް މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން