ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލުވެފައިވާ ބިދޭސީންތަކެއް ދިވެހިރާއްޖެއަށް އަލުން ނާދެވޭގޮތަށް ޑިޕޯޓްކޮށްލައިފިއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި އޮޕަރޭޝަންގައި ހަށިވިއްކުމުގައި ބައިވެރިވާ ބިދޭސީ ތިން އަންހެނަކާއި، އެ މީހުންގެ މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް އެ އިދާރާއިން ހާމަކުރިއެވެ.

އިތުރަށް އެ އިދާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި ބިދޭސީންގެ މައްސަލަ ތަޙްޤީޤުކުރުމަށްފަހު، ދިވެހިރާއްޖެއަށް އަލުން ނާދެވޭގޮތަށް ވަނީ ޑިޕޯޓްކޮށްފައެވެ.

ބިދޭސީން ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގަމުންދާތީ، މިކަން ހުއްޓުވުމަށް މިހާރު ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން