ރާއްޖޭގައި ގަވާއިދާ ޚިލާފަށް "ޓެކްސީގެ ޚިދުމަތް" ދެމުންދާ ބިދޭސީއެއް ކަމަށް މީސްމީޑިއާގައި ޚަބަރު ފެތުރިފައިވާ ބިދޭސީ މީހާ އަކީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ހުއްދަ އޮތް މީހެއް ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުން މި މައްސަލަ ބަލައި އެފަރާތުގެ މަޢުލޫމާތު އިމިގްރޭޝަނާއި ހިއްސާކޮށްފައިވާ ކަމަށެވެ.

މި ބިދޭސީ މީހާ އަކީ ދިވެއްސަކާއި ކައިވެނިކޮށް، ސައްހަ "ރެސިޑެންސް ވިސާ" ގެ އިތުރުން ޓެކްސީ ޚިދުމަތް ދިނުމުގެ ހުއްދަ އަދި ލައިސަންސް އޮތް ފަރާތެއްކަން ކަށަވަރުވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަންތަކެއް މާލެ ސަރަހައްދުގައި ކުރިޔަށް ގެންދާއިރު މިކަމަށް ހާއްސަކޮށްގެން އިމިގްރޭޝަނުން ލޯންޗުކުރި ޕްލެޓްފޯމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަންވެސް ފާހަގަ ކުރެވެއެވެ.

17 ޖުލައިގައި ލޯންޗް ކުރި މި ޕްލެޓްފޯމަށް މިހާތަނަށް 473 މައްސަލަ ހުށައެޅިފައިވާއިރު އިމިގްރޭޝަނުން މީގެ ތެރެއިން ގިނަ މައްސަލަތަކަށް އިޖާބަދީ އެމައްސަލަތައް ބަލާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން މިހާރުވެސް ޑީޕޯޓް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން