ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ބަޔަކުމީހުން ގެންނަން އުޅުނު މާލީ ބަޣާވާތުގެ މައްސަލަ އިތުރަށް ދިރާސާ ކުރަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އެ ބޭންކުން މިދިޔަ އާދީއްތަ ދުވަހު އިއުލާން ކުރުމާއެކު، ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ގޮވާލި މައްސަލަ މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފައެވެ.

އެ ތަޙުގީގުގެ އިތުރު މަޢުލޫމާތު މީޑިއާގައި ޙިއްސާ ކުރަމުން ފުލުހުން މިއަދު ބުނެފައިވަނީ އެކަމާ ގުޅިގެން ހޯދަންޖެހޭ އެންމެހައި މަޢުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

“މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަޙްޤީޤު މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.” ފުލުހުން މިއަދު ބުނެފައިވެއެވެ.

ބޭރު ފައިސާގެ މުޢާމަލާތްތައް ނުކުރެވޭގޮތަށް ބޭންކުން ނިންމުމާ ގުޅިގެން މުޅި ގައުމު ވަނީ ހަލަބޮލި ވެގެން ގޮސްފައެވެ. އަދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސަރުކާރުގެ ޕްރެޝަރާއެކު ބީއެމްއެލުން ވަނީ އެ ނިންމުން ބާތިލު ކޮށްފައެވެ.

އެމައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުވެސް ވިދާޅުވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މިދިޔަ އާދިއްތަ ދުވަހު ގެންނަން އުޅުނީ މާލީ ބަޣާވާތެއް ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ބަޔަކު މީހުން އަޑީގައި ތިބެގެންކަމަށްވެސް ރައީސް ވަނީ ތުހުމަތު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން