މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހާއްސަ ހަރަކާތެއް ފެށިގެން ކުރިއަށްދާކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިކޮށްގެން ކުރިޔަށް ގެންދާ މި އޮޕަރޭޝަނުގައި 52 ގްރޫޕަކަށް ބަހާލައިގެން އޮފިސަރުން މާލެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށެވެ. މި ހަރަކާތުގައި މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާއިރު އިމިގްރޭޝަނުން ބުނީ މިހާރު އެ އޮތޯރިޓީން ހިންގާ އޮޕަރޭޝަންގެ މަގްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތައް އިމިގްރޭޝަނަށް ހާޒިރުވުމަށް އެންގުން ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތް ދޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މި ހަރަކާތުން ހޯދޭ މަޢުލޫމާތުގެ އެހީގައި ބިދޭސީންގެ މައްސަލައާއި ގުޅިގެން މިވަގުތު މާލެ ސަރަހައްދުގެ ހާލަތު ދެނެގަނެވިގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަންތަކެއް މާލެ ސަރަހައްދުގައި ކުރިޔަށް ގެންދާއިރު މިކަމަށް ހާއްސަކޮށްގެން އިމިގްރޭޝަނުން ލޯންޗުކުރި ޕްލެޓްފޯމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަންވެސް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު