އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތަކީ އިމިގްރޭޝަންގެ 74 އަހަރުވީ ދިގު ތާރީހުގައި، މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ހިންގި އެންމެ ބޮޑު ހަރަކާތް ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން އިއްޔެ ވަނީ 211 އޮފިސަރުންނާ އެކު ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ. މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހާއްސަކޮށްގެން ހިންގި އެ އޮޕަރޭޝަންގައި 52 ގްރޫޕަކަށް ބަހާލައިގެން އޮފިސަރުން ވަނީ މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކޮަށްފައެވެ.



ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާއިރު އިމިގްރޭޝަނުން ބުނީ އެ އޮތޯރިޓީން ހިންގަމުންދާ އޮޕަރޭޝަންގެ މަގްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުން ކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަންތަކެއް މާލެ ސަރަހައްދުގައި ކުރިޔަށް ގެންދާއިރު މިކަމަށް ހާއްސަކޮށްގެން އިމިގްރޭޝަނުން ލޯންޗުކުރި ޕްލެޓްފޯމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަންވެސް ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން