ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އުޅޭ ތަންތަން ބަލައި ފާސްކުރުމަށް އިއްޔެ ހިންގި ބޮޑު އޮޕަރޭޝަނުގައި 582 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ އިއްޔެ ހަވީރު 16:00 އިން 18:00 އަށް ހިންގި ހާއްސަ ހަރަކާތުގައި މާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 582 ތަނެއް ބަލައި ފާސްކޮށް، 1,025 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށެވެ.
މި ހަރަކާތުގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސްދީފައިވާއިރު ގަވާއިދާ ހިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިއްޔެ ހިންގި ހަރަކާތުގައި ސުވާލުކުރި ބިދޭސީންގެ ތެރެއިން ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ދިހަ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށްް އެފަރާތުން ބުނެފައި ވެއެވެ.
އިމިގްރޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަނުގައި 211 އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އެ އޮފިސަރުން ވަނީ މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކޮަށްފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަންތަކެއް މާލެ ސަރަހައްދުގައި ކުރިޔަށް ގެންދާއިރު މިކަމަށް ހާއްސަކޮށްގެން އިމިގްރޭޝަނުން ލޯންޗުކުރި ޕްލެޓްފޯމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަންވެސް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު