މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލައެއްގައި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިރޭ ފުލުހުން ބުނެފައިވަނީ މާފަންނުގެ ގެއެއްގައި އަންހެނަކު ރަހީނުކުރި މައްސަލައެއްގައި ފުލުހުން ސީންގައި ހަރަކާތްތެރިވަމުން ދާކަމަށެވެ.

އަދި ފުލުހުން ފަހުން ބުނީ މާލޭގެ ގެއެއްގައި އަންހެނަކު ރަނީނުކޮށް ވަޅިިން ބިރުއްދައްކާފަައި ވާކަމަށެވެ. އަދި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން މަސައްކަތް ކޮށްފިނަމަ އެ އަންހެން މީހާ މަރާލާނެކަމުގެ އިންޒާރު ފިރިހެން މީހާ ދީފައިވާތީ ފުލުހުން މަސައްކަތް ކުރީ ބާރުގެ ބޭނުން ނުކޮށް އަންހެން މީހާގެ ފުރާނަ ސަލާމަތް އޭނާ މިނިވަން ކުރެވޭތޯ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންބުނީ އެ ފިރިހެން މީހާ އަންހެން މީހާގެ ކަރުގައި ވަޅިޖައްސައި ބިރުދައްކާ މަގުމައްޗަށް ނެރެ ސައިކަލަކަށް އަރުވައިގެން ދިޔަ ކަމަށެވެ. ނަމަވެސް, ފަހުން އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށްގެން އަންހެން މީހާ ސަލާމަތްކޮށް ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ބުނެފައި ވެއެވެ.

އަދި އެކަމުގެ ތެރޭގައި ފިރިހެން މީހާއަށް އަނިޔާވެފައިވާތީ އޭޑީކޭގައި ފަރުވާ ދެމުންދާކަމަށް ވަނީ ބުނެފައެވެ. އަދި އަންހެން މީހާއަށް ވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދާކަމަށް ފުލުހުންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން