ރާއްޖޭގެ ލީޑިން އެއް ޓްރެވެލް އެޖެންޓް އިނަރ މޯލްޑިވްސްގެ ދެ އޮފީސް ފަޅާލައިފިއެެވެ.
އިނަރ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާގު ފޭސްބުކްގައި ވިދާޅުވީ އެ ކުންފުނީގެ ދެ އޮފީސް ފަޅާލީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެހެން ނަމަވެސް އެ މީހުންނަށް މާ އަގުހުރި އެއްޗެއް އެ ދެ އޮފީހުން ނުގެންދެވޭ ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ. ނަމަވެސް ވަގަށް ގެންދިޔައީ ކޮން އެއްޗެއް ކަމެއް ވިދާޅެއްނުވެއެވެ.
މި ވައްކަންކުރި މީހުން އެ ދެ އޮފީހުގެ ތަޅުތަކަށާއި އަދި އަދި އޮފީސްތަކަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިރާގު ވަނީ ޒުވާނުން ވައްކަން ނުކޮށް ހަލާލު ގޮތުގައި ފައިސާ ހޯދުމަށް ވެސް ނަސޭހަތްތެރިވެފައެވެ.
އެ ވައްކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު