އަންހެނަކު ރަހީނުކޮށްގެން އުޅެނިކޮށް އަނިޔާވި ފިރިހެން މީހާ ހޮސްޕިޓަލުން ދޫކޮށްލުމުން ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފިއެވެ.
ފުލުހުން މިއަދު ބުނީ މާފަންނުގެ ގެއެއްގައި އަންހެނަކު ރަހީނުކޮށް ވަޅިިން ބިރުދައްކައިގެން އުޅުނު ށ. މިލަންދޫ ހެޕީލޭންޑް އަހުމަދު އަތުހަރު މިއަދު ހެނދުނު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން އޭނާ ދޫކޮށްލުމުން މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އަތުހަރު ވަނީ މާލޭގެ ގެއެއްގެ ތެރޭގައި އަންހެން މީހާ ރަހީނުކޮށް އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ އަންހެން މީހާ މަރާލާނެ ކަމުގެ އިންޒާރު ދީފައެވެ.
އަދި އަންހެންމީހާ ގޮވައިގެން ސައިކަލެއްގައި ފިލަން މަސައްކަތް ކުރަނިކޮށް އޭނާގެ ފަހަތުން ސައިކަލުގައި ދިޔަ ފުލުހަކު ވަނީ އޭނާގެ ބޮލުގައި މުގުރަކުން ޖަހައި އަންހެން މީހާ ސަލާމަތްކޮށްފަ އެވެ.
މިހާދިސާގައި އަތުހަރަށް އަނިޔާވެފައިވާތީ އެރޭ އޭޑީކޭގައި އޭނާއަށް ފަރުވާ ދީފައިވެއެވެ. އަދި ފަހުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ޙާލަތު ގޯސްވުމުން އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ. ހަމައެއާއެކު އަންހެން މީހާއަށްވެސް އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފައެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަޙުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު