ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު (ވ)
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު (ވ)
ރާއްޖޭގެ 45 ރަށަކަށް ބޭނުންވާ ޖެނެރޭޓަރު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާއަށް ރޭ ދެއްވި ބަސްދީގަތުމެއްގައި މުއާޒު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ހާލަތު ގޯސްވާން މެދުވެރިވީ މިދިޔަ ފަސްއަހަރު އިންޖީނުގެތަކުގެ ޖެނެރޭޓަރުތަކުގެ މެއިންޓެއިނެންސްގެ މަސައްކަތްކޮށްފައި ނުވުމުން ކަމަށެވެ.

އެކަމަށް ޙައްލެއް ހޯދުމަށްޓަކައި އެންމެ ހާލަތު ގޯސް ރަށްރަށަށް މިހާތަނަށް 47 ޖެންސެޓު ފޯރިކޮށްދީފައި ވާކަމަށް މުއާޒް ވިދާޅުވިއެވެ. އޭގެ އިތުރުން މިވަގުތަށް ކޮންމެހެން ބޭނުންވާ 45 ޖެނެރޭޓަރާއި މުހިއްމު ސްޕެއަރތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު މުއާޒު ރޭ ވިދާޅުވީ ކަރަންޓު ނެޓްވޯކުގެ ހާލަތު އެންމެ ދަށް 15 ރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށާއި އޭގެތެރޭގައި ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑެތި ރަށްރަށް ހިމެނޭ ކަމަށެވެ.

“15 ރަށުގެ ނެޓްވޯކް އަޕްގްރޭޑުކުރުމުގެ މަސައްކަތްކުރުމަށްވަނީ ރާވާފައި، އޭގެތެރޭގައި ތުޅާދޫ ހިންނަވަރު ފަދަ ރަށްތައް ހިމެނޭ.” މުއާޒް ވިދާޅުވެފައިވެއެވެ.

ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުންދާއިރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، އެސްޓީއޯގެ ދަށަށް ގެންނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ނިންމަވައިފައެވެ.

ފެނަކައިން ދަނީ ގާތްގަނޑަކަށް 150 ރަށުގައި ކަރަންޓުގެ ޚިދުމަށް ފޯރުކޮށް ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން