ގައުމުގެ ހާލަތު އޮތްގޮތުން ބިޔަ ބޮޑެތި މަޝްރޫއުތައް ފަށަން މުއްދަތެއް ނަގާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސައީދު މިރޭ ވިދާޅުވީ، އާންމު ގޮތެއްގައި ސަރުކާރެއް ބަދަލުވެ ކަންކަން ހަމައަކަށް އަޅުވާލާ ރާވާލުމަށް އަހަރެއްހާ ދުވަސް ނަގާކަމަށެވެ.
ނަމަވެސް، މިހާރު ދިމާވެގެން މިއުޅެނީ އެއަށްވުރެ ދަތި ހާލަތެއް ކަމަށާއި، މިދިޔަ ސަރުކާރުން ދިޔައީ ގައުމުގެ އިގުތިސާދު ހީނުކުރާހާ ނުރައްކާ ހާލަތަކަށް ވައްޓާލާފައި ކަމަށް ސައީދު ވިދާޅުވި އެވެ.
އެހެންކަމުން، މި ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުން އެބަ ދާކަމަށާއި އެގޮތުން ރާއްޖޭގައި މީގެކުރިން ހިންގާފައިވާ ފަދަ ބިޔަ މަޝްރޫއުތައް ހިންގުމަށް މުއްދަތެއް ނަގާނެ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާގޮތަށް މި އަހަރުގެ ނޮވެމްބަރުގެ ފަހުން ގައުމުގެ މާލީ ހާލަތު ރަނގަޅުވެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ހިސާބަށް ކަންކަން ހަމަޖެއްސިގެން ދާނެކަމަށް ސައީދު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުންފަދަ ކަންކަން ބަލާލުމެއްނެތި ކޮށްފައިވާތީ މާލީ ހާލަތަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ބޮޑެތި ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ނިންމާފައިވާކަން މީގެކުރިން ސަރުކާރުންވަނީ އިއުލާނު ކޮށްފައެވެ.
ވެރިކަމާއި ހަވާލުވިފަހުން މި ސަރުކާރަށް ބޮޑު އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދެވޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު