ކުރިއަށް އޮތް ތަނުގައި އިޖުތިމާއީ ބޯހިޔާވެހިކަމުގެ މަސައްކަތްތައް ކުރާނީ ފަހިދިރިއުޅުން ކޯޕަރޭޝަން އެފްޑީސީން ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ހައިދަރު ވިދާޅުވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ބަދަލުކުރުމުން އެޗްޑީސީން މިހާރު ކުރަމުން އަންނަ އިޖުތިމާއީ ބޯހިޔާވެހިކަމުގެ ހުރިހާ މަސައްކަތްތަކެއް ކުރާނީ އެފްޑީސީން ކަމަށެވެ.
އެގޮތުން އެޗްޑީސީން ބަލަހައްޓަމުން އަންނަ އިޖުތިމާއީ ބޯހިޔާވެހިކަމުގެ މަސައްކަތްތަކާއި ހިޔާ ފްލެޓްތަކާއިި، އަތޮޅުތެރޭގެ ބޯހިޔާވެހިކަމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނީ އެފްޑީސީގެ ބެލުމުގެ ދަށުން ކަމަށް ޑރ. ހައިދަރު ވިދާޅުވި އެވެ.
އޭގެ އިތުރުން އެޗްޑީސީން ޙަރަކާތްތެރިވާނީ ސަރުކާރުގެ ބޮޑެތި އާބަން ޕްރޮޖެކްޓުތަކުގެ މާސްޓާ ޑިވޮލޮޕަރެއްގެ ގޮތުގައިކަން ޑރ. ހައިދަރު ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު އެޗްޑީސީ އަކީ އާއްމުންގެ ޙިއްސާ އޮންނަ ކުންފުންޏަކަށް ހެދުމަށް ރައީސް ނިންމަވާފައިވާ ކަމަށްވެސް ހައިދަރު ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް އެއްކޮށްލުމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުން ވަނީ ފާހަގަ ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު