ބައެއް އެހެން ސިނާއަތްތަކުގައި ހީވާގިކޮށް މަސައްކަތް ކުރަމުންދިޔަ ގިނަ ބަޔަކަށް މިދިޔަ ސަރުކާރުން ވަނީ ފެނަކައިން ގިނަ ވަޒީފާތަކެއް ދީފައިކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިގެ މާލީ ހާލަތަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ފެނަކައިގެ ޕޭރޯލްގައި 7300 މުވައްޒަފުން އެބަތިބި ކަމަށެވެ.
އަދި އެއީ އެފަދަ ކުންފުންޏަކަށް ވަރަށް ބޮޑު އަދަދެއް ކަމަށާއި ކުރީ ސަރުކާރުގައި ވަނީ ސިޔާސީ ބޭނުމަށް އިންތިހާބު ކާމިޔާބު ކުރަން ބޭނުންވެގެން ގިނަ ބަޔަކު ވަޒީފާއަށް ނެގިކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރަށްރަށުގައި ދޯނިފަހަރުގައި މަހަށްދާން ތިބި ޒުވާނުންނާއި، މިހެންގޮސް ރަށްރަށުގައި އެކްޓިވްކޮށް ތިބި ޒިންމާދާރު ބޭފުޅުން ހަމަ ސިޔާސީ ބޭނުމަށް އެމްޑީޕީގެ ސަރުކާރުން އިންތިހާބު ވިން ކުރަންވެގެން ވަޒީފާދިން" ސައީދު ވިދާޅުވިއެވެ.
ސައީދު މިހެން ވިދާޅުވެފައިވާއިރު ފެނަކައިގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެ ކުންފުނި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސަން މިހާރު ވަނީ ނިންމާފައެވެ. އަދި ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާކަން ފެނަކައިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު