މިދިޔަ މަހުގެ 2 ވަނަ ދުވަހު ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ރޭސް ކާރެއް ކޮންޓްރޯލުން ނެއްޓި މީހެއްގެ ގައިގައި ޖެހުނު މައްސަލާގައި ކާރު ދުއްވި މީހާ ހައްޔަރު ކޮށްފައިވަނިކޮށް އޭނާ ދޫވި މައްސަލާގައި އެކަން ހިނގިގޮތް ތަހުގީގު ކުރައްވާނެކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެ ހާދިސާ ހިނގިއިރު ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް އެކްސިޑެންޓް ހިނގި ވަގުތު ވަނީ ފިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް، ފުލުހުން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް ކޯޓު މެދުވެރިކޮށް ޖެހިއެވެ.
ނަމަވެސް، އޭނާ ބަންދު ކުރިގޮތާ ގުޅޭ އިސްތިއުނާފީ މައްސަލައެއް އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުންވަނީ ވަކީލަކު ހަމަޖައްސަން އޭނާއަށް އެކަށީގެންވާ ފުރުސަތު ދީފައި ނުވާކަމަށް ބުނެ އިބްރާހިމް އިކްރާމް ބަންދުން ދޫކޮށްލަން މިއަދު އަމުރުކޮށްފައެވެ.
އެ އަމުރާއެކު އޭނާ ދޫވުމުން، ހޯމް މިނިސްޓަރު އިހުސާން މިއަދު އެކްސްގައި ވިދާޅުވީ، އެކަން ހިނގާފައިވާ ގޮތް ތަހުގީގު ކުރައްވާނެ ކަމަށާއި އެކަމުގައި އިހުމާލުވާ މީހަކަށް ނުވަތަ ބަޔަކަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށެވެ.
އަދި ކާރު ދުއްވި މީހާ އަލުން ހައްޔަރު ކުރުމަށް ފުލުހުން މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު