ރަޝިޔާއާއި ޔުކްރެއިިންއާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ޔުކްރެއިންގެ 150 އަށްވުރެ ގިނަ ޑްރޯން ވައްޓާލާފައިވާ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ, އެގައުމުގެ ވެރިރަށް މޮސްކޯއާއި ބޮޑެތި ރަށްތަކަށް ޙަމަލާ ދޭން ޔޫކްރެއިނުން އެތައް ސަތޭކަ ޑްރޯން ބޭނުން ކޮށްފައިވާ ކަމަށާއި, އޭގެ ތެރެއިން 150 އަށްވުރެ ގިނަ ޑްރޯން ވައްޓައިލާފައިވާނެ ކަމަށެވެ.

ދެގައުމުގެ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުމުގެ ތެރޭގައި ރަޝިޔާގެ ވެރިރަށް މޮސްކޯ ކައިރީގައި އޮންނަ ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި އިންޖީނުގެތަކަށް އަމާޒުކޮށް ޔޫކްރެއިނުން ވަނީ ވަރުގަދަ ޑްރޯން ޙަމަލާތަކެއްވެސް ދީފައެވެ.

މި ހަމަލާތަކުގައި ބޭނުންކުރި ގިނަ އަދަދެއްގެ ޑްރޯންތައް ރަޝިޔާއިން ދިފާއުކޮށް ވައްޓާލާފައިވާއިރު ބައެއް ޑްރޯންތައް ވެއްޓި ރަޝިޔާގެ ތިވިޔޭ ސަރަޙައްދުގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއެއް ކަމުގައިވާ މޮސްކޯ އޮއިލް ރިފައިނަރީއާއި ކާނާކަވާ އިންޖީނުގޭގައި ރޯވެ, ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެގައުމުން ބުނެއެވެ. މިއީ ރަޝިޔާގައި އެންމެ ގިނައިން ހަކަތަ އުފައްދާ އެއް އިންޖީނުގެއެވެ.

ދިފާޢީ ވުޒާރާއިން އިތުރަށް ބުނީ އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ޙަމަލާ ދޭން ޔުކްރެއިން އިން ބޭނުން ކޮށްފައިވާ ޑްރޯންތައް ވައްޓައިލާފައިވާނެ ކަމަށާއި, އޭގެ ތެރެއިން ނުވަ ޑްރޯން ވައްޓާލާފައި ވަނީ ވެރިރަށް މޮސްކޯ ކައިރިން ކަމުގައެވެ. މޮސްކޯގެ މޭޔަރު ސިރްގިޔޭ ސައިބްޔާނިން ވިދާޅުވީ އޭގެ ތެރެއިން ގިނަ ހަމަލާތައް އަމާޒު ކޮށްފައި ވަނީ މޮސްކޯ ކައިރީގައި އޮންނަ ތެޔޮ ސާފު ކުރާ ކާރުޚާނާތަކަށް ކަމުގައެވެ.

ޔުކްރެއިންގެ މި ޙަމަލާތަކުގައި މޮސްކޯ އޮއިލް ރިފައިނަރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމުގައި އަލިފާން ނިއްވާ އިދާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން