ގަވައިދާ ހިލާފަށް ގަރާޖެއްގައި ވިޔަފާރިކުރާ ތަނެއް ބަލައި ފާސްކޮށް އެތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އަންނަ ތަނެއް ކަމަށް ބުނެ މީސްމީޑިއާގައި ކަންބޮޑުވުން ހިއްސާކޮށްފައިވާތީ އެކަން ބެލި ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ހުންނަ ގަރާޖެއް އިއްޔެ ބަލައި ފާސްކުރި ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

އަދި އެވަގުތު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި ދެމީހަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނައި ކަަމަށް ވެސް އިމިގްރޭޝަނުން ބުނެއެެެވެ.

ނަމަވެސް އެ ގަރާޖުގައި ހިންގީ ކޮންކަހަލަ ވިޔަފާރިއެއް ކަަމެއް ހާމައެއް ނުކުރެ އެވެ.

ގަރާޖެއް މަތީ ކާބޯތަކެތީގެ ވިޔަފާރި ކުރި ބިދޭސީން ތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް މިދިޔަ ޖުލައި މަހު ވެސް ވަނީ ގެންގޮސްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން