ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭގޮތުން ދޫކުރާ ހުއްދަތަކާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް މުއްދަތެއްގެ ތެރޭގައި ބަހާލައިގެން ދައްކަން ފުރުސަތު ދޭން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ފީތަކާއި ޖޫރިމަނާތަކުގެ އަދަދު ލައްކައަކަށް ވުރެ މަދުން ދައްކަން ޖެހޭ ފަރާތްތައް މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ދައްކައި ޚަލާސްކުރަންޖެހޭނެ ކަމަށެވެ،

އަދި އޭގެ ފަހުން ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްނުކުރާ ފަރާތްތައް އާންމުކޮށް އިއުލާންކޮށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް، އައު ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ،

އެހެން ނަމަވެސް ވަޒީފާދޭ ގިނަ އަދަދެއްގެ ފަރާތްތަކަކުން އެއްފަހަރާ ހުރިހާ ފީތަކާއި ޖޫރިމަނާތައް ދައްކައި ޚަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާ ލިބޭތީ މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުޞަތު ލިބޭނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބިދޭސީންގެ ފީތަކާއި ޖޫރިމަނާތަކުގެ ގޮތުގައި ދައުލަތައް ލިބެން ޖެހޭ ފައިސާގެ ތެރެއިން 100،000 ރުފިޔާއަށް ވުރެ ގިނައިން ދައްކަން ޖެހޭ ކުންފުނިތަކުގެ ލިސްޓު މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އާންމުވެސް ކުރިއެވެ. އެ ލިސްޓުގައި 1،026 ކުންފުންޏަކުން 636 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

އޭގެ ފަހުން އެ ފައިސާތައް ދައްކަން މިދިޔަ މަހުގެ 12 ވަަނަ ދުވަހާ ހަމައަށް ދިން މުހުލަތުގައި ފައިސާތައް ދެއްކީ އެންމެ 20 ކުންފުނިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން