އޯލެވެލް އަދި އޭލެވެލްގެ ޞައްޙަ ނޫން ސަނަދު ބޭނުންކުރާކަމުގެ މައްސަލަތަކެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ބުނެފިއެވެ.

އެމް.ކިޔު.އޭއިން ބުނީ، އޯލެވެލް އަދި އޭލެވެލްގެ ޞައްޙަ ނޫން ސަނަދު ބޭނުންކުރާކަމުގެ ދެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެފަދަ އިތުރު މައްސަލައެއް ފުލުހުންނަށް ހުށައެޅުމުގެ މަސައްކަތްކުރަމުންދާކަމަށް އެމްކިޔުއޭއިން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން އެމްކިއުއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އޯލެވެލް އަދި އޭ ލެވެލްގެ ސައްހަ ނޫން ސަނަދުތަކެއް ދައުރުވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މަތީ ތައުލީމްދޭ މަރުކަޒުތަކުން ދަރިވަރުންނަށް އެންރޯލްމެންޓް ނުވަތަ ޕްލޭސްމެންޓް ދިނުމުގައި އޯލެވެލް އަދި އޭލެވެލް ސަނަދުތަކަކީވެސް ސައްހަ ސަނަދުތަކެއްކަން ކަށަވަރު ކުރުމަކީ އެ އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެމް.ކިޔު.އޭއިން ބުނީ ޞައްޙަ ނޫން ސަނަދުތައް ބޭނުންކުރުމާ ގުޅިގެން އެ އޮތޯރިޓީއަށް ހުށައެޅޭ މައްސަލަތައް ބަލައި ފުލުހުންނަށް ހުށައަޅަމުންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން