ފުޅާދާއިރާއެއްގައި ފޯއް ތައްޔާރުކޮށް ވިއްކަމުން ދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނުުން އަތުލައިގެންފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން، ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ތަކެތި، ވިޔަފާރިއަށް ތައްޔާރުކުރަމުން ދާކަމަށް އިމިގްރޭޝަން ވޮޗަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ދެ ތަނެއް ބަލާ ފާސްކޮށްފައިވާކަމަށެވެ.

އިއްޔެ އިމިގްރޭޝަނުން ހިންގި އެ ރެއިޑުގައި ބަލައި ފާސްކުރި ދެވަނަ ތަނުގައި ޑެލިވަރީއަށް ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަކަމަށާއި އިމިގްރޭޝަނުން ކަމާ ގުޅުން ހުރި އިދާރާތަކުގެ އެހީތެރިކަމާއިއެކު އެތަނުގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދިން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ދެ ބިދޭސީއަކު ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ކުރަމުން ދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށާފައިވާ ބޮޑު ރެއިޑް އޮޕަރޭޝަންގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ހޯދާ އެމީހުންނަށް ފިޔަވަޅު އަޅާފައިވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން