އެކްސިޑެންޓް ހިނގި ސަރަޙައްދު
އެކްސިޑެންޓް ހިނގި ސަރަޙައްދު
މިދިޔަ ޖުލައިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ރޭސް ކާރެއް ކޮންޓްރޯލުން ނެއްޓި މީހެއްގެ ގައިގައި ޖެހުނު މައްސަލާގައި ހައްޔަރުކޮށްފައި ހުއްޓައި ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރުކުރި އިބްރާހިމް އިކްރާމްގެ ބަންދަށް 3 ދުވަސް ޖަހައިފިއެވެ.

އިކްރާމް ވަނީ އެހާދިސާ ހިނގި ވަގުތު އެތަނުން ފިލަން މަސައްކަތްކޮށްފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އެ މައްސަލާގައި މީގެކުރިން އިކްރާމަށް ބަންދުގެ މުއްދަތު ޖެހި ނަމަވެސް ވަކީލަކު ހަމަޖައްސަން އޭނާއަށް އެކަށީގެންވާ ފުރުސަތުދީފައި ނުވާކަމަށް ބުނެ ހައި ކޯޓުން އިކްރާމް ދޫކޮށްލިއެވެ.

ނަމަވެސް ހައިކޯޓުގެ އެނިންމުމާއެކު ފުލުހުން ފަހުން ވަނީ ރޭ މެންދަމުގެ ވަގުތެއްގައި އިކްރާމު ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ކޯޓުން މިއަދު ވަނީ 3 ދުވަސް ޖަހާފައެވެ.

އެ އެކްސިޑެންޓާ ގުޅިގެން އިކްރާމާއެކު ދެން ހައްޔަރުކުރީ އިކްރާމުއް ރަހުމާނާއި ޖިނާހް އިސްމާއިލް އެވެ. އެ މީހުން މިހާރުވެސް ތިބީ ބަންދުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން