ޤައުމު ދިފާޢު ކުރުމަށްޓަކައި ޤައުމުގެ އަމިއްލަވަންތަކަން ދިފާޢުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަޠަލުން ކަމަށެވެ. އަދި ދިވެހީންގެ ޠަބީޢަތަކީ މިނިވަންކަމާއެކު ދެމިތިބުން ކަމަށާއި ސަރުކާރުގެ މުޅި ސިޔާސަތު ބިނާކުރަނީ އެއަސާސުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވެފައިވެއެވެ.
“އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް އިލްތިމާސްކުރަނީ ދިވެހި ޤައުމާ ދިމާޔަށް އެނބުރި ބެލުމަށް. ޤައުމުގެ ސަލާމަތާ ރައްކާތެރިކަމަށް އަދި ޤައުމުގެ މައްސަލަތަކާ އޭގެ ހައްލަށް ފިސާރި ފަރުވާތެރިކަމާއެކު ކަޅި ހިންގެވުމަށް.” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވީ ޤައުމެއް ދެމިއޮތުމަށްޓައި ނުވަތަ މާދަމާގެ ސަލާމަތް ކަށަވަރުކުރުމަށް ޓަކައި އެންމެ އިސްކަމެއް ދެނީ އެބައެއްގެ ރާއްޖެ އެބައެއްގެ މިލްކުގައި ބާއްވަން ކަމަށާއި އެއީ ޠަބީޢީ ކަމެއް ކަމަށެވެ.
“އަމިއްލަވަންތަކަމަށް ލޯބިނުކުރެވޭނަމަ މިނިވަންކަމަށް ލޯތްބެއް ނުކުރެވޭނެ. ހަމަ އެހެންމެ އަމިއްލަވަންތަކަން ދިފާޢުނުކުރެވޭ ނަމަ، މިނިވަންކަން ދިފާޢެއް ވެސް ނުކުރެވޭނެ. އެހެން ކަމުން ޤައުމެއް ދިފާޢުކުރުމުގައި އެ ޤައުމެއްގެ އަމިއްލަވަންތަކަން ދިފާޢުކުރަންޖެހޭ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ރައީސް ވިދާޅުވީ ތަނެއްގެ ބާރާ ނުފޫޒު އަބަދުވެސް އޮންނާނީ އެތަނެއްގެ މުއްސަނދިކަމާއި ވަސީލަތްތައް އެބައެއްގެ އަތުގައި އޮތް ބަޔަކަށް ކަމަށެވެ. އަދި އެ ވަސީލަތްތައް އެބައެއްގެ އަތްމައްޗަށް އަރާނީ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތެރޭން ކަމަށްވެސް ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު