ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނުގެ ބޭފުޅެއްކަމަށްވާ، ޕްރިންސަސް ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސަޢުދު އަވަހާރަވުމާއި ގުޅިގެން މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ޕްރިންސަސް ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސަޢުދު ދުނިޔޭގައި ހުންނެވިއިރުގެ އުފާވެރި ހަނދާންތަކުން މި އުނދަގޫ ދަނޑިވަޅުގައި ކޮންމެވެސްވަރެއްގެ ތަސައްލީއެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖުގައި، ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށް ހިތްހަމަޖެހުމާއި ހިތްވަރު ދެއްވުން އެދި ވަރަށް އިޚްލާޞްތެރިކަމާއެކު ދުޢާ ދަންނަވާފައިވެސްވެއެވެ. ހަމައެއާއެކު، މަރްޙޫމާގެ ފުރާނަފުޅަށް ރަޙުމަތްލެއްވުންއެދި ހެޔޮ ދުޢާކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވަނީ ޕްރިންސަސް ލަތީފާ ބިންތު ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި، މަރުޙޫމާގެ ފާފަ ފުއްސެވުމަށް އެދި ދުޢާ ދަންނަވާފައެވެ. އަދި ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ހާލަތާ ކުރިމަތިލުމުގެ ހިތްވަރު ދެއްވުން އެދިވަޑައިގެން އެމަނިކުފާނު ދުޢާ ދަންނަވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން