ނިޔާވި ކަރެކްޝަންސް އޮފިސަަރު ސަމާހު--
ނިޔާވި ކަރެކްޝަންސް އޮފިސަަރު ސަމާހު--
ހުޅުމާލޭގައި ރޭ ވަރަށް ދަންވި ފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވީ ކަރެކްޝަންސްގެ އޮފިސަރެއްކަން އެނގިއްޖެ އެވެ.

ކަރެކްޝަންސްއިން ބުނީ އެ ހާދިސާގައި ނިޔާވީ ހަސަން ސަމާހު ކަމަށެވެ.

އޭނާ ކަރެކްޝަންސްއާ ގުޅުނުތާ މާ ގިނަ ދުވަހެއް ނުވާ ކަމަށާއި އަދި އޭނާ މަސައްކަތް ކުރަމުން ދިޔައީ އެމަޖެންސީ ސަޕޯޓް ގްރޫޕްގައި ކަމަށް ވެސް ކަރެކްޝަންސްއިން ހާމަކޮށްފައިވެ އެވެ.

މާފުށީ ޖަލުގައި މަސައްކަތް ކުރާ އެ އޮފިސަރު މާލެއައީ މެރަތަންއަކަށެވެ.

އެ ޒުވާނާ ރޭ ނިޔާވި އެކްސިޑެންޓު ހިނގައިފައިވަނީ ސެންޓްރަލް ޕާކު ކައިރީ ހުންނަ އުރީދޫ އިމާރާތް ކުރިމަތިންނެވެ. އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ދުއްވައިފައި ދިޔަ ސްޕޯޓްސް ކާރަކާ ސަމާހު ދުއްވަން އިން ސައިކަލު ޖެހިގެންނެވެ.

އެ ހާދިސާގައި ސަމާހުގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ސްޕޯޓްސް ކާރު ދުއްވި 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން