ރޭ ދަންވަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މިހާގެ ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ސެންޓްރަލް ޕާކު ކައިރީ ހުންނަ އުރީދޫ އިމާރާތް ކުރިމަތިން ރޭ އެކްސިޑެންޓްވީ ބާރު ސްޕީޑުގައި ދުއްވައިފައި ދިޔަ އެ ސްޕޯޓްސް ކާރާ ޒުވާނަކު ދުއްވަން އިން ސައިކަލެއްގައި ޖެހިގެންނެވެ.
އެ ހާދިސާގައި ސައިކަލު ދުއްވަން އިން 23 އަހަރުގެ ހަސަން ސަމާހުގެ ބޮޑަށް ބޮޑެތި ގެއްލުންތަކެއްވެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފަ އެވެ.
އެ މައްސަލައިގައި ސްޕޯޓްސް ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައިވާ އިރު އޭނާގެ ވަނަވަރާއި ފޮޓޯ ފުލުހުން ހާމަކުރީ މިއަދު މެންދުރެއްހާއިރެވެ.
ފުލުހުން ބުނީ އެ ސްޕޯޓްސް ކާރު ދުއްވަން އިނީ އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ ވަޔޮލެޓްފެހިގޭ ހައްމަދު ވިސާމް ސިދުގީ، 26އ ކަމަށެވެ. އޭނާގެ އަތުގައި ލައިސެންސް ވެސް ނެތް ކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ ޖުލައިމަހުގެ 31 ވަނަ ދުވަހު ވެސް ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ރޭސް ކާރެއް ކޮންޓްރޯލުން ނެއްޓި މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު