މެދު ރާއްޖެތެރެއާއި ދެކުނަށް ކެރީގެ އަސަރު ފޯރައި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު ހަވީރު 18:00 އާ ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އުތުރުގެ މޫސުން މިއަދު ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އިން ލަފާކޮށްފައިވެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަށް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 4-2 ފޫޓް ހުންނާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން