ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިއެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިއެއް
މިއަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް މުޅި ޖުމްލަ 1386530 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1258120 ފަތުރުވެރިންނާއި އަޅާ ބަލާއިރު 10.2 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިއަހަރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5524 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. ދެވަނައިގައި ރަޝިޔާ އޮތްއިރު، ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.

ޗައިނާގެ 202613 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ރަޝިޔާގެ 149920 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 119189 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1222 ފެސިލިޓީއެއް ހިންގަމުންދާއިރު އޭގެ ތެރޭގައި 174 ރިސޯޓާއި 881 ގެސްޓްހައުސްގެ އިތުރުން 153 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1.8 ފަތުރުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން