އިބްރާހިމް ފަހީމް   8 ސެޕްޓެމްބަރު 2024 - 21:47
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނު ކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މުހައްމަދު އަސްލަމް އައްޔަނު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަށް ވަނީ ކުންފުނީގެ ފަރާތުން މަރުހަބާ ކިޔާފައެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެނީ އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު، ޗެއާމަން މުހައްމަދު ލަތީފު، އަދި ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ޔޫސުފް ވަހީދާއި އަހުމަދު ހާޝިމާއި މަރްޔަމް ސާޖިދާ އާއި މުހައްމަދު އާމިރެވެ. އަދި ކޮމްޕެނީގެ ސެކްރެޓަރީ އުސްތާޒު އަހުމަދު ސަމީހު ވެސް ބޯޑުގައި ހިމެނެއެވެ.

ސްޓެލްކޯއަކީ ގްރޭޓާ މާލެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން